Ministry of Construction and Public Infrastructure
Home Page Mission and Strategic Plan Organization History Contact Site Map
Page last updated on
Tuesday, February 06, 2007

Ministry of Construction and Public Infrastructure is the government ministry responsible for the development and regulation of the construction sector of the country. It is also the agency which oversees the development of public infrastructure of the country.


ވިޝަން

ދިވެހިރާއްޖޭގެ ކޮންސްޓްރަކްޝަން ސެކްޓަރ އާއި ޕަބްލިކް އިންފްރާސްޓްރަކްޗަރ ރާއްޖެއަށް އެންމެ އެކަށޭނެގޮތަށް ބައިނަލް އަޤްވާމީ މިންގަނޑުތަކަށް ފެތޭ ފެންވަރަށް ތަރައްޤީކޮށް ބެލެހެއްޓިފައިވުން.

މިޝަން

  1. 1- ރާއްޖޭގެ ކޮންސްޓްރަކްޝަން ސެކްޓަރ ރާއްޖެއަށް އެންމެ އެކަށީގެންވާގޮތަށް އަދި ބައިނަލް އަޤްވާމީ ގޮތުން ގަބޫލްކުރާ ފެންވަރަށްް ތަރައްޤީކޮށް ކުރިއެރުުމަށްޓަކައި ބޭނުންވާ ޕޮލިސީތަކާއި، ޕްލޭންތަކާއި ޤަވާއިދުތައް ހަދާ ހިންގާ އަދި އެއިންޑަސްޓްރީގެ ފެންވަރު ކުރިއަރުވާ މީހުން އުފެއްދުމަށް މަސައްކަތްކުރުން.
  1. 2- ރާއްޖޭގައި ބިންހިއްކުމާއި، ބަނދަރުތަކާއި، ޢިމާރާތްކުރުންފަދަ ޕަބްލިކް އިންފްރާސްޓްރަކްޗަރތަކުގެ ފެންވަރާއި، މަސައްކަތްތައް ހިންގާނެގޮތުގެ ސިޔާސަތާއި އުސޫލުތައް ކަނޑައަޅައި އެފަދަ ޕްރޮޖެކްޓްތައް ހިގާގޮތް ބަލާ، ލަފާދީ، އަދި ބަައެއް ޕްރޮޖެކްޓް ހިންގުން.
    • 3- ރާއްޖޭގެ ފިޒިކަލް ސާރވޭތައް އެއްކޮށް ބަލަހައްޓާ އަދި ފިޒިކަލް ސާރވޭކުރުމުގެ ޤަވާއިދުތަކާއި މިންގަނޑުތައް އެކުލަވާހިންގުން.

    މިނިސްޓްރީގެ މަސައްކަތްތައް

    މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗަރ ހިނގަމުންދާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުންނެވެ. މި މިނިސްޓްރީއާ ހަވާލުކުރެވިފައިވާ މަސައްކަތްތައް ތިރީގައި މިވަނީއެވެ.

    1. 1. ރާއްޖޭގެ ކޮންސްޓްރަކްޝަން ސެކްޓަރ ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ބޭނުންވާ ސިޔާސަތު ކަނޑައަޅައި ތަރައްޤީކޮށް ކުރިއެރުވުން.

      2. ރާއްޖޭގެ ކޮންސްޓްރަކްޝަން ސެކްޓަރާ ބެހޭގޮތުން އެކުލަވާލަންޖެހޭ ޤަވާއިދުތަކާ، ކޯޑްތަކާ ސްޓޭންޑާރޑްތައް ހަދައި، ބަލަހައްޓައި، ހިންގުން.

      3. ރާއްޖޭގެ ކޮންސްޓްރަކްޝަން ސެކްޓަރާ ބެހޭގޮތުން ޑްރާފްޓްކުރާ ޤާނޫންތަކާއި ޤަވާއިދުތައް އެކުލަވާލުމުގައި މަޝްވަރާދިނުމާއި، އެފަދަ ޤާނޫންތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ކަންތައްތައް ބަލަހައްޓައި، ހިންގުން.

      4. ކޮންސްޓްރަކްޝަން ދާއިރާގައި ޚިދްމަތްދޭ ފަރާތްތަކުގެ ފެންވަރު ބަލަހައްޓައި ކުރިއެރުވުން. މީގެތެރޭގައި، ކޮންޓްރެކްޓިންގ އަދި ކޮންސަލްޓިންގ ފަދަ ޚިދްމަތްދޭ ފަރާތްތައް ރަޖިސްޓަރީކުރުމާއި، އެ ފަރާތްތަކަށް ލައިސަންސް ދިނުން ހިމެނެއެވެ.

      5. ދެމެހެއްޓެނިވި ގޮތެއްގައި ކޮންސްޓްރަކްޝަން ދާއިރާ ކުރިއަރުވައި ހިންގުމަށްޓަކައި ބޭނުންވާ ދިރާސާތައް ކުރުން.

      6. ކޮންސްޓްރަކްޝަނާބެހޭ ބައިނަލްއަޤްވާމީ ޖަމިއްޔާތަކާ ގުޅުން އުފައްދައި ރާއްޖޭގައި ކޮންސްޓްރަކްޝަން ދާއިރާއިން ކަމާބެހޭ ފަރާތްތަކަށް ދޭންޖެހޭ ލަފާދިނުމާއި މިކަމާގުޅޭ މަޢްލޫމާތު އާންމުކުރުން.

      7. ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާއަށް ބޭނުންވާ އެކަށޭނެ މީހުންނާއި ޓެކްނޯލޮޖީ އުފެއްދުމަށްޓަކައި ސަރުކާރުގެ ދާއިރާތަކާ ގުޅިގެން މަސައްކަތްކުރުން.

      8. ފިޒިކަލް ސަރވޭކުރުމުގެ ގަވާއިދުތަކާއި މިންގަނޑުތައް އެކުލަވާލައި ހިންގުމާއި، ސަރުކާރުގެ ފަރާތްތަކުންނާއި، އަމިއްލަ ފަރާތްތަކުންކުރާ ފިޒިކަލް ސަރވޭތަކަށް ހުއްދަދިނުމާއި، ރާއްޖޭގައި ހިންގޭ ފިޒިކަލް ސަރވޭތަކާއި ސަރވެޔަރުންގެ ރަޖިސްޓްރީ ބެލެހެއްޓުން.

      9. ސަރުކާރުގެ ދާއިރާތަކަށް ބޭނުންވާ ފިޒިކަލް ސަރވޭތައް ހަދައިދިނުމާއި، މިފަދަ ފިޒިކަލް ސަރވޭތަކުން އެއްކުރެވޭ މަޢްލޫމާތު ސަރުކާރުގެ ކަމާބެހޭ ދާއިރާތަކަށް ފޯރުކޮށްދިނުމާއި، ޤައުމީ ފެންވަރުގައި ފިޒިކަލް ސަރވޭ ކުރުމުގެ ވަސީލަތްތައް ބިނާކޮށް ތަރައްޤީކުރުން.

      10. ސަރުކާރުގެ އޮފީސްތަކަށް ބޭނުންވާ އޮފީސްޖާގަ ކަނޑައެޅުމާއި، ސަރުކާރުގެ އިމާރާތްތަކުގެ ޖާގަ ބޭނުންކުރާނެ ގޮތުގެ މިންގަނޑުތައް ކަނޑައަޅައި، އެމިންގަނޑުތަކަށް ޢަމަލު ކުރަމުންދޭތޯ ބަލަމުން ގެންދިއުން.

      11. ދައުލަތުގެ އިމާރާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗަރ އިން ބަލަހައްޓަންޖެހޭ އިމާރާތްތަކުގެ މަރާމާތުގެ މަސައްކަތްތައް ބެލެހެއްޓުން.

      12. ދައުލަތުގެ އިމާރާތްތަކާއި އެހެނިހެން އިންފްރާސްޓްރަކްޗަރ ތަކުގެ ދަފްތަރެއް ހަދައި ބެލެހެއްޓުން.

      13. ސަރުކާރުގެ އިމާރާތްތަކާއި އެހެނިހެން އިންފްރާސްޓްރަކްޗަރ ތަކުގެ ބޭނުން ކުރެވެމުންދާ ގޮތާއި، އެފަދަ ތަންތާނގެ ހާލަތު އެނގޭނެ މަޢްލޫމާތު އެއްކޮށް، ފަސޭހަކަމާއެކު ބެލޭނެ ގޮތަށް ޑޭޓާބޭސްއެއްގައި މި މަޢްލޫމާތު ބެލެހެއްޓުން.

      14. ޕަބްލިކް އިމާރާތްތަކާއި އެހެނިހެން ޕަބްލިކް އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމުގެ ސިޔާސަތު ކަނޑައެޅުމުގައާއި އެފަދަ މަޝްރޫޢުތައް ހިންގާނެގޮތުގެ ފަންނީ ލަފާދިނުން.

      15. ބިން ހިއްކުމާއި ޑްރެޖްކުރުމުގެ ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅައި ބިން ހިއްކުންފަދަ ސަރުކާރުގެ ބޮޑެތި މަޝްރޫޢުތައް ރާވައި ހިންގުން.

      16. ސަރުކާރުގެ އެހެން ދާއިރާއެއްގެ ބެލުމުގެ ދަށުގައިނުވާ އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްތައް ރާވައި ހިންގުން.

      17. އަތޮޅުތަކުގެ ރަށްރަށުގެ ތެރެއިން މަގުތައް ހަަދައި ބެލެހެއްޓުމަށް، ސަރުކާރުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗަރާ ހަވާލުކުރާ ރަށްރަށުގެ މަގުތައް ހަދައި ބެލެހެއްޓުން.

      18. މާލެ އާއި މާލެވިލިގިލީގެ ފަޅުތެރެބެލެހެއްޓުމާއި، ފަޅުތެރެއާއިބެހޭ ގަވާއިދު ހަދައި ހިންގުން.

      19. މާލޭ އާއި މާލެވިލިގިލީގެ އެއްގަމުތޮށްޓާއި ކަނޑުތޮށިލައި، އެތޮށިތައް މަރާމާތުކޮށް ބެލެހެއްޓުން.

      20. މާލެ އާއި މާލެވިލިގިލީގެ ފަޅުތެރެ ސާފުކުރުމާއި މާލޭގެ ފަޅުން ފައްތިޔާ ދޫކުރުން.

      21. ސަރުކާރުން ހަވާލުކުރާ މުހިއްމު މަސައްކަތް ހިންގުމަށްޓަކައި ކޮންސަލްޓަންސީ ޚިދުމަތްދީ އެކަންކަމާގުޅޭ މަޝްރޫޢުތައް ހިންގުން.

      22. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗަރގެ މަސައްކަތްތަކާ ގުޅިގެން ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.

 



Copyright © 2008, Ministry of Housing, Transport and Environment. All Rights Reserved.
Ameenee Magu, Maafannu, Male', 20392, Republic of Maldives.
Tel: +(960) 300 4300, Fax: +(960) 300 4301, Email: secretariat@mhte.gov.mv